Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އެސްޓީއޯގެ ކާޑު އޭޖެންޓަކަށް ވުމަށް ފުރުސަތު ހުޅުވާލައިފި

މާލެ އާއި އެއް އަގަކަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ރަށްރަށުގައި ކާޑު އެޖެންޓަކަށް ވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ކާޑުގެ ބާވަތްތައް މާލެ އާއި އެއް އަގެއްގައި ވިއްކުމަށް އެސްޓިއޯއިން މުޅި ރާއްޖޭގައި އެޖެންޓުން ހޯދުމަށްވަނީ އިއްލާންކޮށްފައެވެ.

އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ އަންނަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކާޑުގެ ބާވަތްތައް މާލެ އާއި އެއް އަގެއްގައި އަތޮޅުތަކުން ލިބެން ހުންނާނެކަމަށެވެ.

އެސްޓިއޯއިން ބުނީ ސަރުކާރުގެ ގެޒެޓުންނާއި، އެސްޓީއޯގެ ރީޖަނަލް ފާމަސީތަކުން އަދި މި ލިންކުން ބިޑް ކަރުދާސް ލިބެން ހުންނާނެ ކަމަށެވެ. އަދި އެޖެންޓުންނާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ހޮޓްލައިން ނަންބަރ 7962788 އަށް ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެވޭނެކަމަށެވެ.