ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލައިފިއެވެ.
ޕީޖީން އޮފީހުން މިއަދު ކުރި ޓްވީޓެއްްގައި ބުނެފައިވަނީ މއ. ކާމިނީހުޅަގުގެ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގެ ގެ ދަޢުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ އިރު އެމްއެމްޕީއާރުސީގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާ ކުރި މައްސަލާގައި ޔާމީން ވަނީ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ އެންމެ ގިނަ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލަ އެންޓި ކަރަޕްޝަން ކަމިޝަނާއި ފުލުހުން ތަހްގީގު ކުރިއެވެ. ޔާމީންގެ ވެރިކަމުގައި އޭސީސީން އެމައްސަލަ ބެލުމަށްފަހު އޮތީ ފައިލް ކޮށްފައެވެ.