Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ކިންގްސް ކޯނަރ ސާފުތާހިރުކަން ނެތުމުގެ ސަބަބުން ބަންދުކޮށްފި

މަޝްހޫރު ކިންގްސް ކޯނަރ ސާފުތާހިރުކަން ނެތުމުގެ ސަބަބުން ބަންދުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކިންގްސް ކޯނަރ ބަންދު ކޮށްފައިވަނީ ކާ ބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވައިދާ ހިލާފުވުމުންނެވެ.

އެޗްޕީއޭއިން ބުނީ ކިންގްސް ކޯނަރ މިއަދުން ކާބޯތަކެތީގެ ޒަރިޔާ އިން ކުރިމަތިވެދާނެ ސިއްހީ ނުރައްކަލުން ރައްކާތެރި ކުރުމަށް ކަމަށެވެ.

ކިންގްސް ކޯނަރ ބަންދުކޮށްފައި ވަނީ ކިހާ މުއްދަތަކަށް ކަމެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަނަކީ ސާފުތާހިރު ކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިން ދޭތެރެ ދޭތެރެއިން ބަލާ އިސްލާހު ކުރުމުގެ ފުރުސަތުދޭ ކަން ފާހަގަ ކޮށްލެވެއެވެ.