Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އާޒިމާގެ މައްސަލަ އާއި މެދު އަންނަ ހަފްތާގައި ގޮތެއް ނިންމަނީ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރ އާޒިމާ ޝަކޫރު އަދި ކުރީގެ ޕީޖީ ބިޝާމް، ފޮޓޯ: ސަން

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރ އައިޝަތު އާޒިމާ ޝަކުރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ހުށަހަޅާފައިވާ މައްސަލަ އާއި މެދު އަންނަ ހަފްތާ ތެރޭގައި ގޮތެއް ނިންމަވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

އާޒިމާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ މަނީ ލޯންޑަރކުރުމާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައިއެވެ. މީގެ އިތުރުން މަނީލޯންޑަރ ކުރުމުގައި ޔާމީންއާ ބައިވެރިވެ އެހީތެރިވެ ދިނުމާއި އަދި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން ބިޝާމް ވިދާޅުވީ މައްސަލަ ޕީޖީން ބަލައި ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އަދި އެމައްސަލަ އާއި މެދު އަންނަ ހަފްތާގައި ގޮތެއް ނިންމަވާނެކަމަށެވެ.

ޕީޖީ އޮފީހުން މިއަދު ވަނީ ކުރީގެ ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.