Last Updated: May 7, 09:27
Wednesday, May 7, 2025
ޚަބަރު

ޒަކާތު ފަންޑުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ޒަކާތު ފަންޑުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީ އިން އަލުން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން ވަނީ އެ މިނިސްޓްރީގެ ދަށުގައި ހުރި ފަންޑުތަކުގެ އޮޑިޓް މަސައްކަތަށް މިދިޔަ ޑިސެމްބަރ މަހުގެ 23 އިން ފެށިގެން، ފުދުންތެރިކަން ނެތް ފަރާތްތަކުން ޒަކާތު ފަންޑުގެ އެހީއަށް އެދި ހުށަހަޅާ ފޯމްތަކާއި ސިޓީފަދަ ތަކެތި ބަލައިގަތުން މެދުކަނޑާލާފައެވެ.

ނަމަވެސް އެ މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން ޒަކާތު ފަންޑުގެ އެހީއަށް އެދި ހުށަހަޅާ ފޯމްތަކާއި ސިޓީފަދަ ތަކެތި، ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 13:00 އާއި ހަމައަށް ބަލައިގަންނާނެ ކަމަށެވެ.

ޒަކާތު ފަންޑުން ދަނީ ތެލެސީމިއާ ކުދިންނަށް ބޯންމެރޯ ހެދުމަށާއި، މަތީ ތަޢުލީމަށް ސްކޮލަރޝިޕް ދިނުންފަދަ މުހިންމު ކަންތައްތައް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.