ރާއްޖޭގެ އެކި ރަށްތަކުގައި ފުޓްސަލް ދަނޑު އެޅުމަށް ސަރުކާރުން 148 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އޭގެ ތެރެއިން އެއްވެސް ދަނޑެއް ނިމިފައި ނުވާކަމަށްޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަހްލޫފު ވިދާޅުވީ ޔޫތު މިނިސްޓްރީއަށް އެންމެ ގިނައިން އަންނަ މައްސަލަ އަކީ ފުޓްސަލްތައް ނުނިމި ހުރުމުގެ ސަބަބުން އެރަށްތަކުން އަންނަ ޝަކުވާކަމަށެވެ. އެގޮތުން ކައުންސިލަރުންނާއި ޒުވާނުންގެ ފަރާތުން ކެނޑިނޭޅި ފުޓްސަލް ދަނޑުތަކުގެ ޝަކުވާ ލިބެމުންދާކަމަށެވެ.
މަހްލޫފު ވިދަޅުވީ މި ޝަކުވާތަކާއި ގުޅިގެން ޔޫތު މިނިސްޓްރީންވަކި ކޮމެޓީއެއް އެކުލަވާލުމަށްފަހު މިކަން ބެލި އިރު 67 ރަށެއްގެ ފުޓްސަލް ދަނޑު އެޅުމަށް ބެޖެޓު ކުރިވަރަށް ވުރެ ގިނައިން ހަރަދުކޮށްފައިވާ ކަމަށެވެ. އެގޮތުން ރައީސް އޮފީހުން އެމްއާރުޑީސީ އަށް ދަނޑު އެޅުމަށް އެއް ޕޭމަންޓުގެ ގޮތުގައި 50 މިލިއަންރުފިޔާ ދީފައިވާ އިރު އޭގެ ފަހުން 27 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. ނަމަވެސް އެ 77 މިލިއަންގެ އަދަދު 67 ދަނޑު އެޅުމަށް 148 މިލިއަން ބަދަލުވެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މަހްލޫފު ވިދާޅުވީ މިހުރިހާ ފައިސާ ހަރަދުކޮށްގެންވެސް އެ 67 ދަނޑު ނުނިމޭކަމަށެވެ. އެމްއާރުޑީސީ އުވާލުމުން އެކުންފުންޏަށް ދިން ފައިސާ ހައުސިން މިނިސްޓްރީއަށް ބަދަލުކޮށް އޭގެތެރެއިން
ދަނޑު ހައުސިން މިނިސްޓްރީން އަޅަން ހަމަޖެހިފައިވާއިރު ބާކީ 47 ދަނޑު އެޅުމުގެ މަސައްކަތް ކުރާނީ އެފްއޭއެމްއިން ކަމަށެވެ.
މީގެ އިތުރުން އެސްޓިއޯއިން 62 މިލިއަން ރުފިޔާގެ ތަކެތި ދަނޑުތައް އެޅުމަށް ހޯދާފައިވާ އިރު އެފައިސާ އެސްޓިއޯއަށް ނުލިބިވާކަން މަހްލޫފު ފާހަަގަ ކުރެއްވިއެވެ. މަހްލޫފު ވިދާޅުވީ ކުރީ ސަރުކާރުން ފުޓްސަލް ދަނޑު ހެދުމުގެ ނަމުގައި އަޅާފައިވަނީ މިނީ ފުޓްބޯޅަ ޕިޗުތަކެއް ކަމަށެވެ.
ދަނޑުތައް ނުނިމުމުގެ ޝަކުވާ ރަށްތަކުގެ ޒުވާނުން ކުރި ނަމަވެސް އެކަމަށް މިނިސްޓްރީން ކުރެވޭނެކަމެއް ނެތްކަމަށް މަހްލޫފު ވިދާޅުވިއެވެ.