Last Updated: June 10, 13:14
Wednesday, June 10, 2026
މުނިފޫހިފިލުވުން

މަދޫރީ އާއި ނަސީރުގެ "ގައިގޯޅި" މަންޒަރުތަކެއް

ގިނަ ދުވަސްތަކަކަށް ފަހު ފިލްމަކުން މަދޫރީ ޑިކްޝިޓް ފެނިގެން ދާން ކައިރިވަމުން އަންނަ އިރު އޭނާ މިހާރު ކުޅެމުން އަންނަ "ދޭދް އިޝްގިޔާ" ގައި ނަސީރުއްދީން ޝާހާ އެކު ގައިގޯޅި މަންޒަރުތަކެއް ޝޫޓްކޮށްފި އެވެ.

ވިޝާލް ބަރަދްވާޖް ޕްރޮޑިއުސްކޮށް، އަބިޝެކް ޗޯބޭ 2010 ވަނަ އަހަރު ޑައިރެކްޓް ކުރި "އިޝްގިޔާ" ގެ ސީކްއެލްއެއްގެ ގޮތުގައި ގެނެސްދޭ "ދޭދް އިޝްގިޔާ" ގައި މަދޫރީ އާއި ނަސީރުއްދީންގެ އިތުރުން އަރްޝަދު ވަރުސީ އާއި ހުމާ ގްރެއިޝީ ވެސް މުހިއްމު ރޯލްތަކުން ފެނިގެން ދާނެ އެވެ.

"އިޝްގިޔާ" ގައި ނަސީރުއްދީން އާއި އަރްޝަދު އާ އެކު ފެނިގެން ގޮސްފައި ވަނީ ވިދިޔާ ބާލަން އެވެ. އެ ފިލްްމުގައި އެ ދެ ތަރިންނާ އެކު ވިދިޔާ ވެސް ލޯބީގެ ގައިގޯޅި މަންޒަރުތަކެއް ކުޅެފައިވެ އެވެ.

އާ ފިލްމުގައި ހިމެނޭ މަދޫރީ އާއި ނަސީރުއްދީންގެ "އިންޓިމޭޓް" މަންޒަރާ ބެހޭ ގޮތުން އަބިޝެކް ބުނީ އެ މަންޒަރު ޝޫޓް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް އެ މަންޒަރު ވީހާ ވެސް ރަނގަޅަކަށް ޝޫޓް ކުރުމުގައި އެ ދެ ތަރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށް އަބިޝެކް ބުންޏެވެ.
އަދި މަދޫރީ އާއި ނަސީރުއްދީނަކި ވަރަށް ޕްރޮފެޝަނަލް ދެ ތަރިން ކަމަށްވާތީ ކުރިން ހީކުރި ވަރަށް ވުރެ ފަސޭހައިން ބޭނުންވާ ގޮތަށް އެ ދެ މީހުންގެ ގައިގޯޅި މަންޒަރު ޝޫޓް ކުރެވުނު ކަމަށް ޑައިރެކްޓަރު ބުންޏެވެ.

"ދޭދް އިޝްގިއާ" ގެ އިތުރުން މަދޫރީ ވަނީ "ގްލާބް ގޭންގް" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ދާދި ފަހުން ނިންމާލާފަ އެވެ. އޭނާ އެންމެ ފަހުން ފިލްމަކުން ފެނިފައި ވަނީ 2007 ވަނަ އަހަރުގެ "އަޖަ ނަޗްލޭ" އިންނެވެ.

އެހެން ނަމަވެސް އިއްޔެ ސިނަމާތަކަށް ނިކުތް ރަންބީރު ކަޕޫރާއި ދީޕިކާ ޕަދްކޯން ލީޑް ރޯލް ކުޅެފައިވާ "ޔެ ޖަވާނީ ހޭ ދީވާނީ" ގައި މަދޫރީގެ އައިޓަމް ލަވައެއް ހިމެނެ އެވެ.
އަދި ކަލާޒް ޗެނަލްގެ ޑާންސް ޝޯ "ޖަލަކް ދިކްލާޖާ" ގެ 6 ވަނަ ސީޒަންގައި ވެސް މިހާރު މަދޫރީ އަންނަނީ ޖަޖެއްގެ ރޯލް އަދާ ކުރަމުންނެވެ.