އެމްއެމްޕީެއާރުސީގެ އޮފީހަށް އެންމެ ގިނައިން ވެންނެވި ވަޒީރުންނަކީ ބަންޑާރަ ނައިބް މުހައްމަދު އަނިލް އާއި ފިޝަރީޒު މިނިސްޓަރ މުހައްމަދު ޝައިނީގެ އިތުރުން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްކަމަށް އެމްއެމްޕީއާރުސީގެ ތަހްގީގަށް ކުރީގެ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ބަޔާން ދެއްވައިފިއެވެ.
އޭސީސީން މިއަދު އާއްމުކޮށްފައިވާ އެމްއެމްޕީއާރުސީގެ ތަހްގީގު ރިޕޯޓުގައި ޒިޔަތު އޭސީސީއަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އޭނާގެ އިތުރުން ކުރީގެ ނައިބް ރައީސް އަޙްމަދު އަދބު ޢަބްދުލްޣަފޫރު އާއި އެޓާނީ ޖެނެރަލް އަނިލް އަދި ފިޝަރޒް މިނިސްޓަރ ޝައިނީ އަށްވެސް އޭނާގެ އޮފީސް ރޫމަށް އެކްސެސް އޮންނާނެކަމަށެވެ. އަދި މ. ސާނީ ވިލާ މުޙައްމަދު ޝިފާޢުއަށް އޭނާގެ އޮފީސް ރޫމްގެ އެކްސެސް ދީފައި އޮންނަނީ އެއީ އޭނާއާއެކު ރަށްތައް ކުއްޔަށް ދޫކުރުމުގެ ކަންކަމުގައި އުޅުއްވާ ފަރާތަކަށް ވާތީކަމަށާއި އޭނާގެ ސެކްރެޓަރީ އެއް ނުހުންނަކަމަށާއި އެމް.އެމް.ޕީ.އާރ.ސގެ ކޮމްޕެނީ ސެކްރެޓަރއަށް އޭނާގެ ރޫމްގެ އެކްސެސް އެއް ނޯންނާނެކަމަށާއި އަޙްމަދު އަދބު ޢަބްދުލްޣަފޫރުއަށް
އޭނާގެ އޮފީސް ރޫމުގެ އެކްސެސް ދީފައި އޮންނަނ ޓޫރިޒަމް މިނިސްޓަރަށް ވީމައި ކަމަށާއި އަޙްމަދު އަދބު ޢަބްދުލްޣަފޫރު އޭނާގެ އޮފހަށް ވަރަށް ގިނައިން ވަޑައިގެން އޭނާގެ ރޫމުގައި އިންނަވާނެކަމަށާއި ހަމަ އެގޮތަށް އެޓާރނ ޖެނެރަލް އަނިލްއާ، ފިޝަރޒް މިނިސްޓަރ ޝައިނީއަށްވެސް އޭނާގެ ރޫމުގެ އެކްސެސް ދީފައިވަނީ އެ ބޭފުޅުން އޭނާގެ އޮފހަށް ވަޑައިގަންނަވާތީ އެ ބޭފުޅުންނަށް ފަސޭހަ ކޮށްދިނުމަށްކަމަށާއި އެ ބޭފުޅުން އޭނާގެ ރޫ މަށް އަޔަސް އެ ބޭފުޅުން އެއްވެސް މަސައްކަ ެތއް ނުކުރާނެކަމަށާއި ދެންހަމަ ވިޒިޓް ކޮށްލަނީ ކަމަށާއި ރަށްތަކާއި ގުޅޭގޮތުން އެއިން އެއްވެސް ބޭފުޅަކާ އޭނާ މަޝްވަރާކޮށްފައެއް ނުވާނެކަމަށާއި އަދި، ރަށްތައް ކުއްޔަށް ދޫކުރުމުގައި އެބޭފުޅުންގެ އެއްވެސް އިންވޯލްމަންޓެއް ނޯންނާނެ ކަމަށެވެ.
މީގެ އިތުރުން ޝައިނީ އޭސީސީއަށް ދެއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އެމް.އެމް.ޕ.އާރ.ސީ ގައި ހުންނަ އެމް.އެމް.ޕީ.އާރ.ސީގެ މެނޭޖިންގ ޑިރެކްޓަރގެ ކޮޓަރިއަށް ވަދެވެނީ ފިންގަރ ޕްރިންޓް އެކްސެސްއަކުން ކަމަށާއި އެކޮޓަރިއަށް ވަނުމުގެ އެކްސެސް އޭނާއަށްވެސް އޮންނަކަމަށާއި އޭނާގެ އިތުރުން އެކޮޓަރިއަށް ވަނުމުގެ އެކްސެސް އޮންނަނީ އޭނާއަށް އެނގިގެން އެޓަރނީ ޖެނެރަލް މުޙައްމަދު އަނިލްއަށާއި ކުރީގެ ނައިބްރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އަށްކަމަށާއި އިތުރު އެހެން އެއްވެސް ވަޒީރަކަށް އެކްސެސް ދީފައިވާކަމެއް އޭނާއަކަށް ނޭނގޭކަމަށާއި އޭނާ ޤަބޫލުކުރާ ގޮތުން އެ ކޮޓަރިއަށް ވަނުމުގެ އެކްސެސް އެމީހުންނަށް ދީފައިވަނީ، އެމީންނަކީ އެސް.އީ.ޒެޑްގެ ކަންކަމުގައި އެމް.އެމް.ޕީ.އާރ.ސީއަށް ވަރަށް ގިނައިން ދާ ބަޔަކަށްވެފައި އެއްކޮށް މަސައްކަތްކޮށް ގިނައިރުގައި އެއްކޮށް އުޅޭ ބަޔަކަށް އޮންނަ ގާތްކަމެއްގެ ސަބަބުންކަމަށާއި އެސް.އީ.ޒެޑްގެ މީޓިންގ ތަކާއި އެހެން ސަރުކާރުގެ ސިޔާސީ މަސައްކަތްތައް އެމް.އެމް.ޕީ.އާރ.ސީގެ އޮފހުގައި ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.
އެމްއެެމްޕީއާރުސީގެ ތަހްގީގީ ރިޕޯޓު އޭސީސީން މިއަދު އާއްމުކުރި އިރު އެކުންފުންނިން ހިންގާފައިވާ ގިނަ މުއާމަލާތްތަކުގެ ތަފްސީލު ވަނީ ހިމަނާފައެވެ.