Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

އެކައުންޓަށް ޖަމާކޮށްފައިވާ ޑޮލަރަކީ ވިޔަފާރި ކުރުމަށް ގަނެފައިވާ ޑޮލަރު: މެގަޗިޕް

އޭސީސީން މިއަދު އާއްމުކުރި އެމްއެމްޕީއާރުސީގެ ތަހްގީގީ ރިޕޯޓުގައި މެގަޗިޕު އެކައުންޓަށް ވަދެފައިވާ ޑޮލަރަކީ ކުންފުނީގެ ވިޔަފާރިއަށް ގަނެފައިވާ ޑޮލަރުކަމަށް އެކުންފުނިން ބުނެފިއެވެ.

އޭސީސީ ރިޕޯޓާއި ގުޅިގެން މެގަޗިޕްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާ 9000 ޑޮލަރަކީ ކުންފުނީގެ ވިޔަފާރި ބޭނުމަށް ޑޮލަރު ހޯދުމަށް އަމިއްލަ ފަރާތަކަށްދިން ދިވެހި ފައިސާގެ ބަދަލުގައި ޓްރާންސްފާރ ކުރެވިފައިވާ ޑޮލަރުތަކެއް ކަމަށެވެ.

މެގަޗިޕްއަކީ އިލެކްޓްރޯނިކް ވިޔަފާރި ކުރާ ރާއްޖޭގެ މަޝްހޫރު ކުންފުންޏެކެވެ.

އޭސީސީން މިއަދު ނެރުނު އެމްއެމްޕީއާރުސީ ތަހްގީގު ރިޕޯޓުގައި ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުންފުނިތައް ހިމެނެއެވެ، އަދި ބައެއް ވިޔަފާރިވެރިންނާއި މަޖްލިސް މެމްބަރުން ހިމެނެއެވެ. ރިޕޯޓުގައި ހިމެނޭ ކުރީގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި މިހާރުގެ ޔޫތު މިނިސްޓަރ މަހްލޫފު މިއަދު ވިދާޅުވީ މައްސަލަ ތަހްގީގު ކުރުމަށާއި، ސައްހަ ނޫންކަމެއްވާނަމަ އިސްތިއުފާ ދެއްވާނެކަމަށެވެ.