Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ޑޮލަރު މައްސަލާގައި އަކުރަމް ގޭގައި މަޑުކުރައްވަން އަންގަވައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މުއާމަލާތްކުރި އެސްއޯއެފްއިން ޖަމާކުރި ޑޮލަރުތަކެއްްގެ މައްސަލާގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ރާއްޖެޓީވީގެ އެއް ހިއްސާދާރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އަންގަވައިފި އެވެ.

އޭސީސީން މިއަދު އާއްމުކުރި އެމްއެމްޕީއާރުސީ ތަހްގީގު ރިޕޯޓުގައިވާ ގޮތުން އަކުރަމްގެ އަމިއްލަ އެކައުންޓަށް 30،000 ޑޮލަރު ވަނީ ޖަމާކޮށްފައެވެ. އަކުރަމްގެ އިތުރުން ޔޫތު މިނިސްޓަރ މަހްލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ވަނީ ޖަމާކޮށްފައެވެ.

މި މައްސަލާގައި އަކުރަމް އާއި މަހްލޫފު ގޭގައި މަޑުކުރައްވަން ރައީސް ވަނީ އަންގަވާފައެވެ. އެނގިފައިވާ ގޮތުގައި އަކުރަމް އާއި މަހްލޫފު ގޭގައި މަޑުކުރައްވަން އަންގަވާފައިވަނީ މައްސަލަ ތަހްގީގުކޮށް ނިމެންދެންއެވެ.

މަހްލޫފު މިއަދު ވިދާޅުވީ އެސްއޯއެފްއާ އެކު ހިންގާފައިވަނީ ސައްހަ މުއާމަލާތެއް ކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ، އިސްތިއުފާ ދެއްވާނެ ކަމަށެވެ.