ސ. މީދޫގައި މޫނު ބުރުގާ އަޅައިގެން ގޮސް ފިރިހެނަކު މީހެއްގެ އަތުން ފައިސާތަކެއް ފޭރިގެންފިއެވެ.
"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާގޮތުގައި ފައިސާ ފޭރިގެންފައިވަނީ މިރޭ 9:45 ހާއިރު ބޭންކު އޭޓީއެމްއިން ފައިސާ ނަގައިގެން ގެޔަށް ދިޔަ އަންހެނެއްގެ އަތުންނެވެ.
"އެ އަންހެން މީހާ ގެއަށް ވަންނަނިކޮށް ފަހަތުން ގޮސް ފައިސާ ފޭރިގަތީ، އެމީހަކު ހުރީ މޫނު ބުރުގާ އަޅައިގެން، އަންހެނެއް ކަމަށް ހެދިގެން" އައްޑޫލައިވް އާއި މައުލޫމާތު ހިއްސާ ކުރި މީހާ ކިޔައިދިނެވެ.
މި މައްސަލަ ހުޅުމީދޫގައި ހުންނަ ޕޮލިސް ސްޓޭޝަނުން ބަލަމުން އަންނަ އިރު މިމައްސަލާގައި މީހަކު ހައްޔަރު ކުރިކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.