Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އިންޑިއާ ސިފައިން ހިފެހެއްޓި ދިވެހި މަސްދޯނި ދޫކޮށްލައިފި

މަލިކު ކައިރިން އިންޑިއާ ސިފައިން ހިފެހެއްްޓި ދިވެހި މަސް ދޯނި ދޫކޮށްލައިފިއެވެ.

އެމްއެެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އިންޑިއާ ސިފައިން ހިފެހެއްޓި "ވީވަރު" ނަމަކަށް ކިޔާ މަސްދޯނި ދޫކޮށްލާފައިވާ ކަަމަށެވެ. އާޒިމް ވިދާޅުވީ ހިފެހެއްޓި ދޯނީގައި 12 ދިވެހިން ތިބިކަމަށެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ރާއްޖޭގެ ރާއްޖޭގެ މަސްދޯނި ދޫކޮށްލަން ނިންމާފައިވަނީ ރާއްޖެއާއި އިންޑިއާގެ އެކުވެރި ގުޅުމަށް ބަލާފައި ކަމަށެވެ.

ދޭތެރެ ދޭތެރެއިން އިންޑިއާ އަދި ލަންކާގެ މަސްބޯޓުތައް ވެސް ދިވެހި މަސް ކަނޑުން އަތުލައިގަނެއެވެ. އަދި އެބޯޓު ފަހަރުތައްވެސް ދެ ގައުމުގެ ގުޅުމުގެ ތެރެއިން ދޫކޮށްލައެވެ.