Last Updated: April 18, 10:05
Thursday, April 18, 2024
ޚަބަރު

އައިބީގެ ކެމްޕެއިން ޑޯޓުޑޯ ރަސްމީކޮށް ފަށައިފި

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ފޭދޫ ދާއިރާއަށް ވާދަކުރައްވާ މިހާރުވެސް އެދާއިރާ ތަމްސީލު ކުރައްވާ އިބްރާހިމް ދީދީގެ ކެމްޕެއިންގެ ޑޯޓުޑޯ ހަރަކާތް ރަސްމީކޮށް ފަށައިފިއެވެ.

އައިބީ އާއި އައިބީގެ ކެމްޕެއިން ޓީމުން ވަނީ ފޭދޫ ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ހުވާލު އޮޅުން ފިލުވައި ކެމްޕެއިނާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައެވެ.

އައިބީ އަކީ ފަހުގެ ތާރީހެއްގައި ފޭދޫއަށް އެންމެ ބޮޑު ތަރައްޤީ ހޯދައި ދިނުމުގައި އެހީތެރިވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެވެ. ފޭދޫއަށް ރައީސް ޔާމީންގެ ވެރިކަމުގައި ގެނެސްފައިވާ ތަރައްޤީގެ މުގުލުގައި ސާބިތުވެ ހުރީ މެމްބަރ އައިބީއެވެ.

އައިބީ ވިދާޅުވީ މިފަހަރު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ފޭދޫ ދާއިރާއަށް ނިކުންނަން ނިންމީ މި ސަރުކާރަކީ ގިނަ ޕާޓީ އެކުލެވޭ ކޯލިޝަން ސަރުކާރަކަށް ވެފައި އިންތިހާބުވެއްޖެނަމަ ސަރުކާރާއި ގުޅިގެން ދާއިރާއަށް ތަރައްޤީ ހޯދައިދިނުމަށް ކަމަށެވެ.

އައިބީގެ ޑޯޓުޑޯ ހަރަކާތް އިއްޔެ ރަސްމީކޮށް ފެށިއިރު ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް ނިންމާފައިވަނީ މާޗު 1 ވަނަ ދުވަހުއެވެ.