Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ބޭރުގެ އެހީއެއް މުހިއްމެއް ނޫން، މުހިއްމީ އަމިއްލައަށް ފައިމައްޗަށް ތެދުވުން: ނަޝީދު

ބޭރުގެ އެހީ ރާއްޖެއަށް ލިބޭނެކަމަށާއި ބޭނުމޯ އަމިއްލަ މަސައްކަތުން އަމިއްލަ ފައިމައްޗަށް ތެދުވުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ބޭރުގެ އެހީ ލިބުނަސް މުހިއްމީ އަމިއްލަ މަސައްކަތުން އަމިއްލަ ފައިމައްޗަށް ތެދުވުން ކަމަށެވެ.

"ބޭރުގެ އެހީ އަޅުގަނޑުމެންނަށް ލިބޭނެ، އެއަށް ވުރެ މުހިންމީ އަމިއްލައަށް މަސައްކަތް ކޮށްގެން ހޯދާ ފައިސާއިން އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިހުރީ އެ މިސްރާބުގައި،"

ނަޝީދު ވިދާޅުވީ ރައީސް ސޯލިހުގެ ފަސް އަހަރު ނިމޭއިރު ދައުލަތުގެ ދަރަނީގެ އަދަދުވެސް ކުޑަކުރެވިގެންދާނެކަމަށެވެ.

އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް އާ ޖަވާހިރު ލާލު ނެހެރޫ ޔުނިވާރސިޓީގެ ދައުވަތަކަށް މިދިޔަ ބުދަ ދުވަހު ނަޝީދު އިންޑިއާށް ކުރެއްވި ދަތުރުފުޅުގައި ހުކުރު ދުވަހު ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ވަނީ ބައްދަލު ކުރައްވާފައެވެ. އަދި ބުރާސްފަތި ދުވަހު އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖާ އާއި ވަނީ ބައްދަލު ކުރައްވާފައެވެ.