Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޖޭޕީ ކެންޑިޑޭޓު ޝާހުއަށް ތާއިދު ކުރަން ޕީޕީއެމްއިން ނިންމައިފި

ފުވައްމުލަކު އުތުރު ދާއިރާއިން ޖުމްހުރީ ޕާޓީ ޓިކެޓުގައި ވާދަކުރާ އަލީ ޝާހުއަށް ތާއިދު ކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.

ޝާހު އަކީ މިހާރުވެސް އެދާއިރާ ތަމްސީލު ކުރައްވާ ކެންޑިޑޭޓެވެ. ޕީޕީއެމްއިން މަޖްލިސް އިންތިހާބުވި ޝާހު ވަނީ ޕީޕީއެމްއިން ވަކިވެ ޖޭޕީއަށް ސޮއިކޮށްފައެވެ.

ޝާހުއަށް ތާއިދުކުރަން ޕީޕީއެމްއިން ނިންމި އިރު ފުވައްމުލަކު ދެކުނު ދާއިރާއިން ޕީޕީއެމް ޓިކެޓު ލިބުނު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުވަނީ ޖޭޕީއަށް އެދާއިރާ ދިނުމަށް އިންތިހާބުގައި ވާދަނުކުރަން ނިންމަވާފައެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބައެއް ދާއިރާތައް ޖުމްހުރީ ޕާޓީއަށް ދޫކޮށްލައި ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ