Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޕީޕީއެމްއިން މީދޫ ދާއިރާވެސް ދޫކޮށްލައިފި

ޕީޕީއެމްއިން މީދޫ ދާއިރާއަށް ޓިކެޓު ދިން އަސްލަމް އެދާއިރާ ޕީޕީއެމްއިން ވަނީ ދޫކޮށްލާފައި

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ މީދޫ ދާއިރާއަށް ޕީޕީއެމްއިން ވާދަ ނުކުރަން ނިންމައިފިއެވެ.

ޕީޕީއެމްއިން މީދޫ ދާއިރާއަށް ވާދަ ނުކުރަން ނިންމި އިރު ޕާޓީން ވަނީ އެދާއިރާއަށް ވާދަކުރުމަށް އަހުމަދު އަސްލަމްއަށް ޓިކެޓު އަރުވާފައެވެ. އަސްލަމް ވަނީ މީދޫ މަރަދޫ ފޭދޫ ގައި ކެމްޕެއިންވެސް ފަށާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްއިން މީދޫ ދާއިރާ ދޫކޮށްލީ ޖުމްހުރީ ޕާޓީން އެ ދާއިރާއަށް ނެރޭ ކެންޑިޑޭޓަށް ތާއިދު ކުރުމުގެ ގޮތުންނެވެ. ޖޭޕީން ވަނީ މީދޫ ދާއިރާއަށް ނިކުތުމަށް މުހައްމަދު ފަރުހާދަށް ޓިކެޓު އަރުވާފައެވެ.

މަޖްލިސް އިންތިހާބުގައި ކުރިން ޕީޕީއެމްއިން ކެންޑިޑޭޓުން ނެެރެން ނިންމާފައިވާ ބައެއް ދާއިރާތައް ޖުމްހުރީ ޕާޓީއަށް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ގެމަނަފުށި އަދި ފުވައްމުލަކު އުތުރު އަދި ދެކުނު ދާއިރާ ހިމެނެއެވެ.