Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ފާގަސަން އޮލްޑް ޓްރެފޮޑް ޓަޗްލައިނަށް އެނބުރި އަންނަނީ

Sir Alex Ferguson

އިނގިރޭސި ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ކޯޗު، މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން އޮލްޑް ޓްރެފޮޑްގެ ޓަޗްލައިނަށް އަނެއްކާވެސް އެނބުރި އަންނަން ތައްޔާރުވެއްޖެއެވެ.

ފާގަސަންގެ ކެރިއަރުގެ އެންމެ ކާމިޔާބު އަހަރު، 1999 ގެ "ޓްރެބަލް" އަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅުނު މެޗުގެ "ރިޕީޓް" މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ޔުނައިޓެޑުން ހޯދި ތާރީޚީ 1-2 ގެ މޮޅުގައި ބައިވެރިވި ކުޅުންތެރިން މިމެޗުން ފެންނާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑުން ބުނެފައިވެއެވެ.

ފާގަސަން ޔުނައިޓެޑު ޓީމުގެ ކޯޗުންކަން ކުރުމަށް އެއްބަސްވެފައިވާއިރު ޔުނައިޓެޑުގެ ވަގުތީ ކޯޗު، އޮލެ ގަނަ ސޯލްކްޝާ ވެސް މިމެޗުން ފެންނާނެ ކަމަށް ޚަބަރު ލިބިފައިވެއެވެ. ސޯލްޝާ އަކީ މެޗުން ޔުނައިޓެޑު އިތުރު ވަގުތުގައި މޮޅުކޮށްދިން ގޯލު ޖެހި ފޯވާޑެވެ.

މެންޗެސްޓާ ޔުނައިޓެޑް ފައުންޑޭޝަން ޗެރިޓީއަށް ފައިސާ ހޯދުމުގެ ގޮތުން ކުޅޭ މިމެޗު ކުޅޭނީ ސީޒަން ނިމުމަށް ފަހު މޭ މަހުގެ 26 ވަނަ ދުވަހުގައެވެ. ފާގަސަން ބުނެފައިވަނީ އެދުވަހަކީ އޭނާއަށް އަބަދުވެސް ޚާއްސަ ދުވަހެއް ކަމަށެވެ.