Last Updated: April 19, 10:24
Friday, April 19, 2024
ޚަބަރު

46 ދާއިރާއަކަށް ވާދަކުރާނަން: ޕީޕީއެމް/ޕީއެންސީ

އަންނަ އެޕްރީލް މަހު ބާއްވާ މަޖްލިސް އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން 46 ދާއިރާއަށް ވާދަކުރާނެކަމަށް އެކޯލިޝަނުން ބުނެފިއެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޠޮލާލު ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ބައެއް ދާއިރާތަކަށް ވާދަނުކޮށް ޖުމްހުރީ ޕާޓީއަށް ދޫކޮށްލި ނަމަވެސް އަދިވެސް 46 ދާއިރާއަށް ކުރިމަތިލާނެކަމަށެވެ.

މަޖްލިސް އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީންގެ ތާއިދާއި އެކު ބައެއް ފަރާތްތަކަށް ޕީޕީއެމްއިން ދީފައިވާ ޓިކެޓުތައް ވަނީ އަތުލާފައެވެ. އެދާއިރާތަކަށް ޕީޕީއެމް ކޯލިޝަނުން ވާދަނުކޮށް މިހާރު ނިންމާފައިވަނީ ޖުމްހުރީ ޕާޓީން ނެރޭ ކެންޑިޑޭޓަށް ތާއިދު ކުރުމަށެވެ. ނަމަވެސް މިއީ ރަސްމީކޮށް އެއްބަސްވެގެން ނިންމާފައިވާ ނިންމުމެއް ނޫންކަމަށް ޖޭޕީން ވަނީ ބުނެފައެވެ.

މަޖްލިސް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓު ދިން ފަރާތްތަކުގެ ތެރެއިން ލަޔާލް މަނިކު އާއި ޖަމީލް އުސްމާނަށް ދިން ޓިކެޓު ވަނީ އަތުލާފައެވެ. އަދި ފުވައްމުލަކު ދެކުނު ދާއިރާގެ ޓިކެޓު ދިން މަޖްލިސްގެ ކުރީގެ ރައީސް އަބްދުﷲ މަސީހު ވަނީ ވާދަ ނުކުރަން ނިންމާފައެވެ.

މަޖްލިސް އިންތިހާބުގައި އަދާލަތުން 8 ދާއިރާއަށް ވާދަކުރާއިރު އެމްޑީޕީން 86 ދާއިރާއަށް ވަނީ ކެންޑިޑޭޓުން ނެރެފައެވެ.