Last Updated: April 20, 08:57
Saturday, April 20, 2024
ޚަބަރު

ވިލިނގިލީގައި މަރާލާފައި އޮތްވާ ފެނިފައިވަނީ ހިތަދޫ މީހެއް

ގއ. ވިލިނިގިލީ އުތުރުކޮޅު ހަރުގެއެއްގެ ތެރޭގައި ޒަހަމްތަކާއި އެކު މަރުވެފައި އޮތްވާ މިއަދު ހެނދުނު ފެނިފައިވަނީ ސ. ހިތަދޫ މީހެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ގއ. ވިލިނގިލިއިން ވާހަކަ ދެއްކި މީހަކު ބުނީ މަރާލާފައި އޮތްވާ ފެނިފައިވަނީ ގއ. ވިލިނގިލީ މީހަކާއި އިނދެގެން އުޅޭ ސ. ހިތަދޫއަށް ނިސްބަތްވާ ހުސެއިން ސިމާދު (ވަހޭ) ކަމަށެވެ.

އޭނާ ބުނީ ސިމާދުގެ ހަށިގަނޑުން ޒަހަމްތައް ފެންނަން ހުރި ކަމަށާއި، ބޮޑަށް ބެލެވެނީ އޭނާ މަރާލާފައިވަނީ ކަރަންޓުގައި ޖައްސައިގެން ކަމަށެވެ. އޭނާގެ ކަށާއި އަތުގެ މުލައްދަނޑި އަދި ފައިން ޒަހަމްތަކެއް ފެނިފައިވެއެވެ.

ސިމާދުގެ ހަށިގަނޑު ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައިކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ސިމާދަކީ ބޭންކު އޮފް މޯލްޑިވްސް ވިލިނގިލީ ބްރާންޗު ފަޅާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހެކެވެ. އޭނާ އާއި އެކު އެ މައްސަލާގައި ހައްޔަރުކުރި މީހުން ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ތަފްސީލް އަންނަނީ……