Last Updated: April 25, 06:02
Thursday, April 25, 2024
ކުޅިވަރު

ގަރާޖާއި މަރަދޫ މޮޅުވިއިރު އެސްއެމްޓީއާ ޔަންގް މެޖެންޓާ އެއްވަރުވެއްޖެ

މައިލޯ ސްޓްރީޓް ސޮކާ 2019 ގައި ރޭ ކުޅުނު މެޗުތައް އެފްސީ ގަރާޖް އަދި މަރަދޫ ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ. އެސްއެމްޓީއާއި ޔަންގް މެޖެންޓާ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ރޭގެ ފުރަތަމަ މެޗުގައި ޓީމް ގަރާޖް އަދި ގަން އެއާޕޯޓް ޓީމުގެ ކުރިމަތިލުމެއް ފެނިގެން ގޮސްފައިވާއިރު މިމެޗު ގަރާޖުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ. ގަރާޖުގެ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ ފުރަތަމަ ހާފުގައި އަލީ ނައުޝާދުގެ ފަރާތުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ ނައުޝާދެވެ.

ދެވަނަ މެޗުގައި އެސްއެމްޓީ އަދި ޔަންގް މެޖެންޓާ ބައްދަލުކޮށްފައިވާއިރު ފޯރިގަދަ ކުޅުމަކަށް ފަހު މެޗު ނިމިގެން ދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ފަހު މެޗުގައި މަރަދޫ ޔުނައިޓެޑާއި އެފްސީ ރެޑް ލައިން ސިޓީ ބައްދަލުކޮށްފައިވާއިރު މިމެޗުގައި ވެސް ފެނިގެން ދިޔައީ އެންމެ ލަނޑެކެވެ. މެޗުގައި ތަފާތު ފެނިގެން ދިޔައީ މަރަދޫގެ ހަސަން ޝިއުސް ފުރަތަމަ ހާފުގައި ޖެހި ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ ލަނޑު ޖެހި ޝިއުސްއެވެ.