Last Updated: June 5, 10:59
Friday, June 5, 2026
ޚަބަރު

ޖަނަވާރުންގެ ކުލިނިކް ވަގުތީ ގޮތުން ބަންދުކޮށްފި

ވިލިމާލޭގައި ހުންނަ ޖަނަވާރުންނަށް ފަރުވާދޭ ކުލިނިކް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ފިޝަރީޒު މިނިސްޓްރީން ބުނެފައި ވަނީ ވިލިމާލޭގައި ދެމުން އަންނަ ވެޓެރިނަރީ ސާވިސްގެ ދަށުން ފަރުވާދޭ މި ކުލިނިކް ބަންދުކުރީ ފަރުވާދޭން ހުރި މީހާ ޗުއްޓީ ނެގުމުން ކަމަށެވެ.

އެމިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ވެޓެރިނޭރިއަން އާއިލީ ޒިންމާ ޗުއްޓީއެއްގައި އޭނާގެ ގައުމަށް ފުރާތީ މިމަހުގެ 17 އިން 24 އަށް ވެޓެރިނަރީ ސާވިސް ވަގުތީ ގޮތުން މެދުކަނޑައިލައިފައިވާ ކަމަށެވެ.

ޖަނަވާރުންނަށް ފަރުވާދޭ ޑޮކްޓަރަށް ދައްކަން 50ރ. ނަގައެވެ. އެހެން ހުރިހާ ހިދުމަތަކަށް 100 ރުފިޔާ ނަގައެވެ.