Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

"އިންސާފުގެ ހިނގާލުން" ނަމުގައި އެމްޑީޕީން ހިނގާލުމެއް ބާއްވަނީ

އެޖެންޑާ 19ގެ "އިންސާފު ގާއިމްކުރުން" ލޯންޗު ކުރުމަށް މާލޭގައި ހިނގާލުމެއް ބާއްވަން އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕޭނުގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ މަމަހުގެ 19 ވަނަ ދުވަހު އެމްޑީޕީން ބާއްވާ ހިނގާލުމަކީ އެޕާޓީގެ އެޖެންޑާ 19 ގައި ހިމެނޭ "އިންސާފު" ލޯންޗު ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއްކަމަށެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އެމްޑީޕީ ހަރުގެ ކުރިމަތިންނެވެ. ހިނގާލުން އޮންނާނީ މަޖީދީ މަގުގައެވެ.

އެމްޑީޕީން ބުނެފައިވަނީ އަންނަ މަޖްލިސް އިންތިހާބުގައި އެޕާޓީއަށް މެޖޯރިޓީ ބޭނުންވާ ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް މި ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް ކަމަށެވެ.