Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ސިމާދުގެ މަރުގެ މައްސަލަ ތަހްގީގު ކުރަން ފުލުހުންގެ ހާއްސަ ޓީމެެއް ގޮސްފި

މަރާލާފައި އޮތްވާ ފެނުނު ހުސެއިން ސިމާދު

ޒަހަމްތަކަކާއި އެކު ގއ. ވިލިނގިލީގައި މަރުވެފައިވާ އޮތްވާ ފެނުނު ސ. ހިތަދޫ ހިޔާލީގެ، ހުސެއިން ސިމާދު (39އ)ގެ މަރުގެ މައްސަލައިގެ ތަހްގީގަށް ފުލުހުންގެ ހާއްސަ ޓީމެއް ވިލިނގިލިއަށް ގޮސްފިއެވެ.

ސިމާދު މަރުވެފައި އޮތްވާ ފެނުނީ މިއަދު ހެނދުނު ފެނިފައިވަނީ ވިލިނގިލީ އުތުރުކޮޅުގައި ހުންނަ އޮޑި ހަރުގެއެއްގެ ކައިރިން އެތަން ބަލަހައްޓާ ފަރާތަށެވެ. ސިމާދުގެ ހަށިގަނޑުން ޒަހަމްތަކެއް ފެނިފައިވާތީ ފުލުހުން ދަނީ މި މައްސަލަ ތަހްގީގު ކުރަމުންނެވެ. މަައްސަލަ ބެލުމަށް ފުލުހުންގެ ފޮރެންސިކް ޓީމެއް އެރަށައް ދެވެންދެން ސިމާދުގެ ހަށިގަނޑު ބާއްވާފައިވަނީ ގއ. ހޮސްޕިޓަލްގައެވެ.

ވިލިނގިލީ މީހަކާއި އިނދެގެން އުޅުނު ސިމާދަކީ މިދިޔަ ނޮވެމްބަރ މަހު ބޭންކު އޮފް މޯލްޑިވްސް ވިލިނގިލީ ބްރާންޗު ފަޅާލި މައްސަލާގައި ހައްޔަރުކުރި މީހެކެވެ.