Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލުން ފަށައިފި

އައްޑޫ ސިޓީގެ މިސްކިތްތައް ބެލެހެއްޓުމުގެ ކަންތައްތައް ކައުންސިލާއި ހަވާލުކުރުމުން މިސްކިތްތައް ސާފުކުރުމާއި މަރާމާތުކުރުމުގެ މަސައްކަތް ކައުންސިލުން ރަސްމީކޮށް ފަށައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކުރަމުން އައި މިމަސައްކަތް މިހާރު ވަނީ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރެވިފައެވެ. ކައުންސިލުން މިއަދު ބުނެފައިވަނީ މިސްކިތްތައް މަރާމާތުކުރުމާއި ސާފުކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ.

ނަމަވެސް މިސްކިތްތަކުގެ ކަރަންޓު ފީ ދެއްކޭނެ އިންތިޒާމެއް ހަމަޖެހިފައިނުވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި 39 މިސްކިތެއްގެ ފޮޅާ ސާފުކުރުމަށް ބޭނުންވާ ފައިސާވެސް ދީފައިނުވާކަމަށް ކައުންސިލުން ބުނެއެވެ. މިނިސްޓްރީ އިން އެކަން ކުރިއިރު ދިގު މުއްދަތަކަށް އެކަން ކުރާނެ ބަޔަކާ ކޮންޓްރެކްޓު ހަދާފައިވާއިރު މިމަހުގެ ނިޔަލަށް ކޮންޓްރެކްޓު ވަނީ އުވާލާފައެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި އައްޑޫގެ މިސްކިތްތައް މަރާމާތު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން އާންމު ރައްޔިތުންނާއި ވިޔަފާރިވެރިން ވަނީ އެ މަސައްކަތް ކޮށްފައެވެ. ބައެއް މިސްކިތްތަކުގެ މުދިމުންނަށް މުސާރަ ނުދިނުމުގެ ޝަކުވާވެސް އެކިފަހަރު މަތިން އިވިފައިވެއެވެ.