Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

މީރާ އަށް ޓެކްސް ދައްކަން ދެ ކުންފުންޏަކަށް ޙުކުމްކޮށްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޓެކްސް ދެެއްކުމަށް ދެ ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ޙުކުމްކޮށްފި އެވެ.

އެގޮތުން މީރާ އަށް ނުދައްކާ ހުރި ޓެކްސް ޖޫރިމަނާއާއެކު ދެއްކުމަށް ޙުކުމްކޮށްފައި ވަނީ އޭއޭއޭ ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

އޭއޭއޭ ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) އާއި އޭގެ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ފައިސާގެ ގޮތުގައި ޖުމްލަ 57،287 ޑޮލަރާއި 61,450 ރުފިޔާ، އަރަމުންދާ ޖޫރިމަނާއާއެކު ތިން މަސް ތެރޭގައި ދައްކާ ޚަލާސް ކުރުމަށް ސިވިލް ކޯޓުން ވަނީ ވަނީ ޙުކުމްކޮށްފަ އެވެ.

މީގެ އިތުރުން ސިވިލް ކޯޓުން ވަނީ މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޓީޖީއެސްޓީ) އާއި އޭގެ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 705,680.43 ޑޮލަަރު، އަރަމުންދާ ޖޫރިމަނާއާއެކު ފަސް މަސް ތެރޭގައި ދައްކާ ޚަލާސް ކުރުމަށް ޙުކުމްކޮށްފަ އެވެ.