ގއ. ވިލިނގިލީގައި މިއަދު މަރާލާފައި އޮތްވާ ފެނުނު ސ. ހިތަދޫ، ހިޔާލީގެ، ހުސެއިން ސިމާދުގެ މަރުގެ މައްސަލައިގެ ތަހްގީގަށް އޭނާގެ ހަށިގަނޑު ފެނުނު އޮޑި ހަރުގެ ބެލެހެއްޓި މީހާ ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެެއްގައެވެ. މި މަރާއި ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ސިމާދުގެ މަރުގެ މަައްސަލަ ތަހްގީގުކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް ވަނީ އެރަށައް ގޮސްފައެވެ.
ސިމާދުގެ ހަށިގަނޑު އެންމެ ފުރަތަމަ ފެނިފައިވަނީ އޮޑި ހަރުގެ ބަލަހައްޓާ މީހާއަށެވެ. އެމަރުގެ ރިޕޯޓު އެރަށު ފުލުހުންގެ މަރުކަޒަށް ކުރީވެސް އެމީހާއެވެ.
ސިމާދުގެ ހަށިގަނޑުގެ އެކިތަންތަނުން ޒަހަމްތަކެއް ފެނިފައިވާތީ އޭނާ އޮތީ މަރާލާފައިކަމަށް ޝައްކު ކުރެއެވެ.
ވިލިނގިލީ މީހަކާއި އިނދެެން އުޅުނު ސިމާދަކީ ކުށުގެ ރިކޯޑު އޮތް މީހެކެވެ.