Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ފުވައްމުލަކު "ރަވާނާ" ބޯޓުގައި ރޯވެ އަޑިއަށް، އެކަކުގެ ހާލު ސީރިއަސް!

ފ.ފިލިތެޔޮ ކައިރިން ދަތުކުރަމުންދިޔަ ފުވައްމުލަކު "ރަވާނާ" ބޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކު ހާލު ސީރިއަސްކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރޭ ފަތިހު ކަނޑުމަތީގެ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ފަތިހު 4:45 ހާއިރު ކުރުމުން ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި ހާދިސާ ހިނގި ވަގުތު 16 މީހުން ތިބި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އަލިފާނުގެ ހާދިސާގައި ބޯޓުގެ ބޮޑު ބައެއް އަނދައިގެން ގޮސްފައިވާއިރު ބޯޓުން ދަތުރުކުރި މީހުން ދ. މީދޫއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.