Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ރަވާނާ ބޯޓުގައި ރޯވި ހާދިސާގައި އެކަކު މަރުވެއްޖެ

ފ.ފިލިތެޔޮ ކައިރިން ދަތުކުރަމުންދިޔަ ފުވައްމުލަކު "ރަވާނާ" ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެއްޖެއެވެ.

ރޭ ފަތިހު 4:45 ހާއިރު ހިނގި މިހާދިސާގައި މަރުވެފައިވަނީ ބޯޓުން ދަތުރުކުރި ފުވައްމުލަކު ފިރިހެނެކެވެ. އޭނާގެ ވަނަވަރެއް އަދި ސާފެއް ނުވެއެވެ. އޭނާ މަރުވެފައިވާކަމަށް ފ. ނިލަންދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ އަލިފާނުގެ ހާދިސާގައި ފިހިގެންނޫނެވެ. އެމްއެންޑީއެފްގެ އިންފޯމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ހާލު ސީރިއަސްވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހާގެ ހަށިގަނޑުގެ އެއްވެސް ތަނެއް ފިހިފައި ނުވާކަމަށެވެ.

އޭނާ މަރުވެފައިވަނީ އެހާދިސާގައި ލިބުނު ކުއްލި ޝޮކަކުން ކަމަށް ހަބަރު ލިބިއެވެ.

16 މީހުންނާއި އެކު ދަތުރުކުރި މި ބޯޓުގައި އަލިފާން ރޯވުމާއި އެކު ބޯޓުގައި ތިބި އެންމެން ވަނީ ލައިފްޖެކެޓް އަޅައިގެން ކަނޑަށް ފުންމާލާފައެވެ.

އަލިފާން ރޯވިއިރު ބޯޓުގައި ތިބީ ހަތް ދިވެހިންނާއި ނުވަ ބިދޭސީންނެވެ. އެއެންމެން އެސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ވަނީ ނަގާފައެވެ.

ބޯޓުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވާއިރު ބޯޓުގެ ބޮޑު ބައެއް ވަނީ އަނދާ ހުލިވެފައެވެ.
ތަފްސީލް އަންނަނީ…