Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ސަންޖޭގެ ދަރިފުޅު ޝަނާޔާ ޑައިރެކްޝަންގެ ދާއިރާއިން ބޮލީވުޑަށް

ސަންޖޭ ކަޕޫރު އަދި ދަރިފުޅު ޝަނާޔާ ކަޕޫރު

ސަންޖޭ ކަޕޫރުގެ ދަރިފުޅު ޝަނާޔާ ކަޕޫރު އޭނާގެ ފުރަތަމަ ބޮލީވުޑްގެ މަސައްކަތް ފެށީ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ދަރިންތައް އާންމުކޮށް ފެންނަމުންދަނީ ކެމެރާގެ ކުރިމަތިންނެވެ. ނަމަވެސް ޝަނާޔާ މިވަނީ މިކަން މިފަހަރު ބަދަލުކޮށްލާ ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވެފައެވެ.

ޝަނާޔާ މިހާރު ވަނީ އޭނާގެ މަސައްކަތުގެ ފުރަތަމަ ޕްރޮޖެކްޓަށް ލަކްނޯއަށް 2 ހަފްތާއަށް ގޮސްފައެވެ. ޝަނާޔާގެ މަންމަ ވަނީ އޭނާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް ދަރިފުޅު ލަކްނޯއަށް 2 ހަފްތާއަށް ގޮސްފައިވާ ކަމަށް ކެޕްޝަން ކޮށްފައެވެ.

ސަންޖޭ ކަޕޫރުއަކީ އެހެން މަޝްހޫރު ތަރިން ފަދައިން އެފަދަ މަޝްހޫރުކަމެއް ފިލްމު އިންޑަސްޓްރީގައި ލިބުނު ފަރާތެއް ނޫން ނަމަވެސް ރީތި ފިލްމުތަކެއް އޭނާވެސް ވަނީ ބެލުންތެރިންނަށް ގެނެސްދީފައެވެ. އޭގެ ތެރޭގައި " ރާޖާ"، "ޝަކްތީ"، އޮއުޒާރް" ފަދަ ފިލްމު ތަކަކީ ފާހަގަކޮށްލެވޭ ފިލްމުތަކެކެވެ.