މިމަހުގެ 14 ވަނަ ދުވަހުގެ ރޭ މީދޫ އަންހެނެއްްގެ އަތުން ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ފޭރުމުގެ ހާދިސާ އާއި ގުޅިގެން މިމަހުގެ 16 ވަނަ ދުވަހު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް 7 ދުވަސް ޖަހާފައިވާ ކަމަށެވެ.
އަންހެން މީހާއަތުން ފޭރިގެންފައިވަނީ އޭނާ ބޭންކު އޭޓީއެމްއިން ފައިސާ ނަގައިގެން ގެއަށް ވަންނަނިކޮށް މޫނު ނިވާކޮށްގެން ހުރި މީހެކެވެ. އެހާދިސާ ހިނގާފައިވަނީ އެރޭ 9:30 ހާއިރު ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފުލުހުން ވަނީ އަންހެން މީހާގެ އަތުން ފޭރުނު ވޮލެޓް މީދޫގެ ގެއެއްގެ ގޯތިތެރެއިން ހޯދާފައެވެ. ނަމަވެސް އޭގައި ފައިސާ ހުރިކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ.