Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ހޯމް މިނިސްޓްރީގެ އާ ޑިރެކްޓަރަކަށް ހަފްސީ

ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިކަމުގެ ދާއިރާގައި އުޅުނު ޕީއެސްއެމްގެ ކުރީގެ ނޫސްވެރިޔާ ހަފްސީ އަބްދުﷲ ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފިއެވެ.

މިދިޔަ އަހަރު ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ކުރިއަށް ދަނިކޮށް ޕީއެސްއެމްގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އޭރުގެ ސަރުކާރަށް ފާޑުވިދާޅުވި ހަފްސީ ވަނީ ނިމިގެން ދިޔަ އެމްޑީޕީގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެފައެވެ.

ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމަށް ހަފްސީ އިއްޔެ އައްޔަން ކޮށްފައިވާއިރު އެ މަގާމަކީ ހޯމް މިނިސްޓްރީގެ މީޑިޔާގެ އެންމެ މަތީ މަގާމުކަން ފާހަގަކޮށްލެވެއެވެ.

ހަފްސީ ވަނީ 13 އަހަރު ދުވަސް ވަންދެން ޓީވީއެމްގައި ޚިދުމަތްކޮށްފައެވެ. އޭނާ ޚާއްސަ ވެގެން ގޮސްފައިވަނީ ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައެވެ.