Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ޔާމީން ކޯޓަށް ހާޒިރުކޮށްފި

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ދައުވާއާ ގުޅިގެން އެމަނިކުފާނު ހައްޔަރުކުރުމަށް އެދި އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

މިއަދު 13:30 ގައި ޔާމީން ކޯޓަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވުމުން އެމަނިކުފާނު މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުވެފައެވެ. މި އަޑުއެހުމުގައި އެމަނިކުފާނުގެ ބަންދާ ގުޅޭގޮތުން ކޯޓުން ގޮތެއް ނިންމުމަށް ހަމަޖެހިފައިވެއެވެ.

ދައުލަތުން ރައީސް ޔާމީނާ ދެކޮޅަށް ދެ ދައުވާއެއް އުފުލާފައިވާއިރު އޭގެ ތެރޭގައި މަނީ ލޯންޑަރިންގެ ދައުވާއަކާއި ދޮގު މައުލޫމާތު ދިންކަމުގެ ދައުވާ ވަނީ އުފުލާފައެވެ.

ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ވަދެފައިވާކަން އޭސީސީގެ ރިޕޯޓުން ހާމަވެގެން ގޮސްފައިވެއެވެ. ފުރަތަމަ އެ ވާހަކަ އެމަނިކުފާނު ދޮގު ކުރެއްވި ނަމަވެސް ފަހުން އަމިއްލަފުޅަށް ޔާމީން ވަނީ އެސްކްރޯ އެކައުންޓެއް ހެދުމަށްފަހު އޭސީސީ އެކައުންޓަށް އެ ފައިސާ ޖަމާކުރިކަމަށް އިއުތިރާފްވެވަޑައިގެންފައެވެ.

ޔާމީން ވަނީ އެމަނިކުފާނުގެ ގެއަށް ވަން ފައިސާ ޝައްކެއްވެސް ނެތް ގޮތުގައި ހަލާލު ނޫން ކަމަށް ވެސް އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް ދައުވާ އުފުލުމުގެ ކުރިން އެމަނިކުފާނު ވަނީ އެވާޙަކަފުޅަށް ވެސް އިންކާރު ކުރައްވާފައެވެ.

އިތުރު ތަފްސީލު އަންނަނީ..