Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ހިތަދޫ މެދަށް ނިކުންނަ ޒާހިދު ރަމީޒުގެ ފޯމު އިލެކްޝަނަށް ހުށަހަޅައިފި

އަންނަ އެޕްރީލް މަހު ބާއްވާ މަޖްލިސް އިންތިހާބުގައި ހިތަދޫ މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ ޒާހިދު ރަމީޒު މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފިއެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ތާއިދާއިއެކު މަޖްލިސްއަށް އަމިއްލަ ގޮތުން ނިކުންނަ ޒާހިދު މިއަދު އިލެކްޝަނަށް ފޯމު ހުށަހެޅިއިރު އޭނާއަށް ތާއިދު ކުރައްވާ ބައެއް ބޭފުޅުން ވަނީ އިލެކްޝަނަށް ގޮސް ޒާހިދު އާއި އެކު ފޮޓޯ ނަގާފައެވެ.

ޒާހިދު މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ އޭނާ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނިކުތީ ހުރިހާ ސިޔާސީ ފަރާތްތަކާއި ގުޅިގެން ދާއިރާއަށް ތަރައްޤީ ހޯދައިދިނުމަށެވެ. އަދި މިނިވަން ކެންޑިޑޭޓަކަށްވި ނަމަވެސް ޕީޕީއެމްގެ ފުލް ސަޕޯޓު ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށް ޒާހިދު ވިދާޅުވިއެވެ.

ޒާހިދުއަކީ ޕީޕީއެމްއިން ހިތަދޫ މެދު ދާއިރާއަށް ޓިކެޓުދިން ފަރާތެވެ. ނަމަވެސް ޒާހިދު ވަނީ އެ ޓިކެޓު ދޫކޮށްލާފައެވެ.