Last Updated: March 29, 13:51
Friday, March 29, 2024
ޚަބަރު

ޤައުމިއްޔަތު ކުރިއެރުވުމަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލައިފި

ޤައުމިއްޔަތު ކުރިއެރުވުމަށް ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ހޯމް މިނިސްޓްރީ

ޤައުމިއްޔަތު ކުރިއެރުވުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ލަފާއަރުވާ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

މިއަދު އިފްތިތާޙްކުރި އެ ކޮމިޓީގައި ނުވަ ބޭފުޅަކު ހިމެނިވަޑައިގަންނަވަ އެވެ. އެއީ އައްބާސް އިބްރާހީމް، ޢަބުދުއްރަޝީދު ޙުސައިން، ޔުމްނާ މައުމޫން، އަނީސާ އަހުމަދު، އަހުމަދު ޝާކިރު، އަޝްރަފް އަލީ، އާދަމް ނަސީރު އިބްރާހީމް، އަންވަރު އިބްރާހީމް އަދި އަޙްމަދު ޢަލާއެވެ.

ހޯމް މިނިސްޓްރީ އިން މަޢުލޫމާތު ދޭ ގޮތުގައި އެ ކޮމިޓީއަކީ އެ މިނިސްޓްރީ އިން ފާހަގަކުރާ ޤައުމީ އެކިއެކި މުނާސަބަތުތަކުގައި ރައްޔިތުންގެ ހިތްތަކުގައި ޤައުމީ އަދި ވަޠަނީ ރޫޙް އާލާކުރުމަށް ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރެއްވުމާއި، އެކަންކަން ކުރެވިދާނެ ގޮތްތަކާބެހޭ ގޮތުން މިނިސްޓަރ އިމްރާން އަށް ލަފާއެރުވުމަށް އެކުލަވާލި ކޮމިޓީއެއް ކަމަށެވެ.

އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ހޯމް މިނިސްޓްރީގައި މިއަދު ވަނީ ބާއްވާފައެވެ.

ދިވެހިންގެ މެދުގައި ޤައުމީ އަދި ވަޠަނީ ރޫޙު އާލާކޮށް، ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިފައިވާ ދިވެހިވަންތަ މުޖުތަމަޢުއެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކުރާ ކަމެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހަމަޖައްސަވާފައެވެ.