Last Updated: June 6, 18:02
Saturday, June 6, 2026
ޚަބަރު

މަގާމުތަކުގައި ތިއްބެވި ބޭފުޅުންނޭވެ! ޢިބުރަތް ހޯއްދަވާށެވެ!: ޝެއިޚް އަނީލް

ބާރުހުރި ދުވަހު ތިބާ އަނިޔާވެރި ވިޔަސް، އަނިޔާ ލިބިގެންވާ މީހާގެ ދުޢާ ﷲ އައްސަވާވޮޑިގެންވާ ކަމަށާއި، އެހެން ކަމުން މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިބުރަތް ހޯއްދެވުމަށް ޝެއިޚް މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

ޝެއިޚް އަނީލް ކުރެއްވި ޓްވީޓެއްގައި ވަނީ މީގެ އިތުރުން ރައީސް ޔާމީންގެ ޝަރީޢަތް ވެސް އިންސާފުވެރިކަމާއެކު ހާމަކަންބޮޑު ގޮތެއްގައި ގެންދިޔުން މުހިއްމު ކަމަށް ވިދާޅުވެފައެވެ.

"މަގާމުތަކުގައި ތިއްބެވި ބޭފުޅުންނޭވެ! ޢިބުރަތް ހޯއްދަވާށެވެ. ބާރުހުރި ދުވަހު ތިބާ އަނިޔާވެރި ވިޔަސް، އަނިޔާ ލިބިގެންވާ މީހާގެ ދުޢާ ﷲ އައްސަވާވޮޑިގެންވެއެވެ. ރައީސް ޔާމީންގެ ޝަރީޢަތް ވެސް އިންސާފުވެރިކަމާއެކު، ހާމަކަންބޮޑު ގޮތެއްގައި ގެންދިޔުން މުހިއްމެވެ." ޝެއިޚް އަނީލް ވިދާޅުވިއެވެ.

ރައީސް ޔާމީން ހައްޔަރުކުރުމުން އެކަމަށް ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔާފައެވެ. އަދި އަނިޔާގެ މައްޗަށް ނަސްރުލިބިއްޖެ ކަމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެވާހަކަ ދައްކަމުންނެވެ.