Last Updated: April 25, 21:20
Thursday, April 25, 2024
ކުޅިވަރު

މައިލޯ ސްޓްރީޓް ސޮކާ: ރޭގެ ތިން މެޗުވެސް ވީ އެއްވަރު

މައިލޯ ސްޓްރީޓް ސޮކާ 2019 ގައި ރޭ ކުޅުނު ތިން މެޗުވެސް އެއްވަރުވެގެން ނިމިއްޖެއެވެ.

ފުރަތަމަ މެޗުގައި ކަޅަބެންޗާ އަދި އެފްސީ އަފިރިން ބައްދަލުކޮށްފައިވާއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް މިމެޗުގައި ލަނޑެއް ޖެހިފައެއް ނުވެއެވެ. ފޯރިގަދަ ކުޅުމެއް ކަޅަބެންޗާގެ ފަރާތުން ފެނިގެން ގޮސްފައިވާއިރު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ އެޓީމުގެ ޖާޒީ ނަމްބަރު 8، އިބްރާހިމް އަސްވަދު(ގަބޭ) އެވެ.

ދެވަނަ މެޗުގައި އެފްސީ ހަބޭސް އަދި ސްކޫޕް ކަންމަތި ވާދަކޮށް ފޯރިގަދަ ކުޅުމަކަށް ފަހު މެޗު ނިމިގެން ދިޔައީ 1-1 އިން އެއްވަރުވެގެންނެވެ. މިމެޗުގައި ފެނިގެން ދިޔަ ދެ ގޯލުވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ.

މިމެޗުގެ ފަހު ހާފުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި ދެޓީމުގެ ސަޕޯޓަރުން ދަނޑަށް އެރުމުގެ ސަބަބުން ފުލުހުންގެ އެހީތެރިކަން ހޯދަން ޖެހުނެވެ. ފުލުހުން ވަނީ ކުޑައިރުކޮޅެއްގެ ތެރޭގައި ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައެވެ. ސްކޫޕް ކަންމަތި ޓީމުގެ ޖާޒީ ނަމްބަރު 5، ހުސެން ފަސާހަށް ވަނީ މިމެޗުގައި ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހަބޭސްގެ ގޯލު ކާމިޔާބުކުރި އިބްރާހިމް މަހުދީ(ކުދު އިއްބެ) އެވެ. ސްކޫޕްގެ ލަނޑު ޖަހާފައިވަނީ ހުސެއިން ޝަމާންއެވެ.

ރޭގެ ފަހު މެޗުގައި ފްރެންޑްސް ކުލަބާއި ރެޑްލައިން ސިޓީ ބައްދަލުކޮށްފައިވާއިރު ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.