Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ޢަބްދުﷲ ސައީދު އަދި އަލީ ހަމީދަށް އިންސާފު ނުލިބި ލަސްވާތީ ދެރަވަން: ޝެއިޚް އިލްޔާސް

ކެމްޕޭން ނިންމެވުމުގެ ގޮތުން އައްޑޫ ސިޓީގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގައި ޝެއިޚް އިލްޔާސް ވާހަކަ ދައްކަވަނީ

1 ފެބްރުއަރީގައި އަނިޔާވެރިކަމާއި ދެކޮޅަށް ޙުކުމް ކުރެއްވި ފަނޑިޔާރުންގެ ތެރެއިން އިންސާފު ނުލިބި ތިއްބެވި އަލްއުސްތާޒް ޢަބްދުﷲ ސައީދު އަދި އަލްއުސްތާޒް އަލީ ހަމީދަށް އިންސާފު ނުލިބި ލަސްވާތީ ދެރަވާ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝެއިޚް އިލްޔާސް މިހެން ވިދާޅުވެފައިވަނީ މިއަދު މީގެ ކުޑަ އިރުކޮޅެއް ކުރިން އެ ބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.

"1 ފެބްރުއަރީގައި އަނިޔާވެރިކަމާއި ދެކޮޅަށް ޙުކުމް ކުރެއްވި ފަނޑިޔާރުންގެ ތެރެއިން އިންސާފު ނުލިބި ތިއްބެވި އަލްއުސްތާޒް ޢަބްދުﷲ ސައީދު އަދި އަލްއުސްތާޒް އަލީ ހަމީދަށް އިންސާފު ނުލިބި ލަސްވާތީ ދެރަވަން އަދި ކޯލިޝަން އިން މިކަމާމެދު ވިސްނާލެއްވުމަށް ދަންނަވަން" ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް އިލްޔާސްގެ ޓްވީޓްގައި އެ ބޭފުޅާވަނީ އެ ކަމާއިމެދު ވިސްނެވުމަށް ކޯލިޝަންއަށް ދަންނަވާފައެވެ.