Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު

އޮފިޝަލުން ލިބުމުގައި އީސީ އަށް ދަތިތަކެއް ކުރިމަތިވެއްޖެ

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން - ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އޭޕްރީލް 6 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ބާއްވާ މަޖިލިސް އިންތިޙާބަށް އޮފިޝަލުން ހޯދަން ދަތިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާވީ މަޖިލިސް އިންތިހާބަށް 4،000 އޮފިޝަލުން ބޭނުންވާ އިރު މިހާތަނަށް ލިބިފައި ވަނީ 1،800 އޮފިޝަލުން ކަމަށެވެ.

"އިންތިހާބަށް ފަހު އެ ބޭފުޅުންނަށް ބިރުދެއްކުމާ، ހައިޖެކްކުރުމާ އަދި އެބޭފުޅުން ނާންގާ ތަންތަނަށް ގެންދިއުން ކަހަލަ ބިރުވެރި ކަންތައްތަކާ ދިމާވީމާ އެކަމަށް ވަރަށް ގިނަ ފަރާތްތަކަކުން ފަސް ޖެހެމުން ދަނީ،" އަކްރަމް ވިދާޅުވިއެވެ.

އިންތިޚާބުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ގިނަ ފަރާތްތަކެއްގެ ޝައުގުވެރިކަން ގެއްލުނީ، މިދިޔަ ރިޔާސީ އިންތިހާބުގައި އޮފިޝަލުންނަށް ކުރިމަތިވި މައްސަލަތަކާ ހެދީ އަކްރަމް މިއަދު ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ ފަރާތުން ސިޔާސީ ޕާޓީތަކާއި ސިވިލް ސާވިސް ކޮމިޝަން އަދި ސަރުކާރުގެ މުއަސަސާތަކުގައި ވެސް އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައިވާ ކަމަށާއި އެ ފަރާތްތަކުގެ އެހީތެރިކަން ލިބިގެން ދާނެ ކަމަށް އެފަރާތްތަކުން އަންގާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ހަރާކަތްތެރިވާ އޮފިޝަލުން ހޯދުމަށް ތިން ފަހަރެއްގެ މަތިން އެ ކޮމިޝަނުން ވަނީ އިއުލާން ކޮށްފައެވެ.