Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާދަމާ ރޭ މުޒާހަރާ ނިކުންނަނީ

ކުރީގެ ރައީސް ޔާމީން ހައްޔަރުކުރުމާއި ގުޅިގެން އެމަނިކުފާން ދޫކޮށްލުމަށް ގޮވާލައި މާދަމާ ރޭ މުޒާހަރާ ކުރުމަށް ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ނިންމައިފިއެވެ.

ޔާމީން ދޫކޮށްލުމަށް ގޮވާލައި ކުރިއަށް ގެންދާ މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30 ގައި ކާނިވާ ސަރަހައްދުންނެވެ. މި އެއްވުމަކީ އެއްވެ އުޅުމުގެ ގާނޫނާއި އެއްގޮތަށް ބާއްވާ މުޒާހަރާއެއް ކަމަށް ޕީޕީއެމް ކޯލިޝަނުން ބުނެފައެވެ.

ޔާމީންގެ ވެރިކަމުގައި މާލޭގެ މަގުތަކުގައި މުޒާހަރާ ކުރުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 12ގެ ފަހުން އަޑުގަދަ ކުރާ ބޭނުންކުރުން ވެސް ވަނީ މަނާކޮށްފައެވެ.

ޔާމީން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މުއާމަލާތް ހިންގި އެސްއޯއެފްއިން އެމަނިކުފާންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގައި ހެއްްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބުނެއެވެ. ޔާމީންގެ މައްްޗަށް މަނީ ލޯންޑްރިން ކުށުގެ ދައުވާ އުފުލާފައިވާ އިރު ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށްވެސް މަނީ ލޯންޑްރިން ދައުވާ ވަނީ އުފުލާފައެވެ.