Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޔާމީން ހައްޔަރުކުރި އަމުރު ބާޠިލް ކުރަން ހައިކޯޓަށް ހުށަހަޅައިފި

ފެބްރުއަރީ 17، 2019: ޝަރިީއަތް ނިމެންދެން ކޯޓުން ކުރި އަމުރަކާގުޅިގެން ކުރީގެ ރައީސް ޔާމީން ހައްޔަރުކުރުން -- ސަން ފޮޓޯ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާޠިލް ކުރުމަށް ޔާމީންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފިއެވެ.

ޔާމީން ހައްޔަރުކުރުމާއި ގުޅިގެން އެމަނިކުފާންގެ ސަޕޯޓަރުންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ޕީޕީއެންސީގެ ލީޑަރ އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޔާމީންގެ ގާނޫނީ ޓީމުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިން މައްސަލައަކާއި ގުޅިގެން ޔާމީން ހައްޔަރު ކުރުމުގެ އަމުރަކަށް އެދިފައިވަނީ ޕީޖީންނެވެ. ޕީޖީން ޔާމީން ހައްޔަރު ކުރުމަށް އެދިފައިވަނީ މި މައްސަލައިގެ ހެކި ނައްތާލުމަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެއެވެ.

ޔާމީން ދޫކޮށްލުމަށް ގޮވާލައި މާދަމާ ރޭ މުޒާހަރާ ކުރުމަށް ވަނީ ނިންމާފައެވެ.