Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ޑައިވިންއަށް ދިޔަ ފަތުރުވެރިއަކު މަރުވެއްޖެ

އއ. ވެލިދޫ އައިލެންޑް ރިސޯޓުން މިއަދު ޑައިވިނަށް ދިޔަ ފަތުރުވެރިއަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ 69 އަހަރުގެ ފިރިހެނެކެވެ.

ވެލިދޫ ރިސޯޓުން ބުނީ އެރިސޯޓުން މިއަދު ހެނދުނު ޑައިވިންއަށް ދިޔަ ފަތުރުވެރިއަކު ހާލު ދެރަވެގެން އއ. ބޮޑުފުޅަދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށެވެ. އޭނާ އަކީ ކޮން ގައުމެއްގެ ފަތުރުވެރިއެއްކަން ސާފެއް ނުވެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ގެނބިގެންނާއި ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭގައި މަރުވާ ފަތުރުވެރިންގެ އަދަދު މިވަނީ ވަރަށް ގިނަވެފައެވެ.