Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

"ރަންދި" ބޯޓުގެ އިންޖީނު ހުއްޓިގެން ސިފައިން ހަރަކާތްތެރިވަނީ

މާލެއިން ފުރައިގެން އައްޑޫއަށް ދަތުރު ކުރަމުން އައި "ރަންދި" ބޯޓުގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފްއިން އެހީތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ 8 މީހުންނާއި އެކު މާލެއިން ފުރައިގެނ އައްޑޫ އަށް ދަތުރު ކުރަމުން ދިޔަ ބޯޓެއްގެ އިންޖީނު ހުއްޓިގެން ސިފައިން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ ބޯޓުގެ އިންޖީނު ހުއްޓިގެން އުޅޭކަމުގެ ރިޕޯޓް އެމްއެންޑީއެފް ގެ ކޯސްޓްގާރޑަށް ލިބިފައިވަނީ ރޭ ފަތިހު 5:33 ހާއިރު ކަމަށެވެ.

މިހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް އަދި އެމްއެންޑީއެފްއިން ހާމައެއް ނުކުރެއެވެ.