Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

އެސްއޯއެފްއިން ޑޮލަރު ލިބުނު އެންމެންނަކީ ހިޔާނާތްތެރިންނެއް ނޫން: އޭސީސީ

އޭސީސީގެ ރައީސް އާއި ނައިބް ރައީސް، ފޮޓޯ: އަވަސް

އެމްއެމްޕީއާރުސީގެ ފައިސާގެ މުއާމަލާތް ހިންގި އެސްއޯއެފް ކުންފުނިން ފައިސާ ލިބުނު އެންމެންނަކީ ހިޔާނާތްތެރިން ނޫންކަމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީން އާއްމު ކުރި އެމްއެމްޕީއާރުސީގެ ތަހްގީގު ރިޕޯޓުގައި އެސްއޯއެފް ކުންފުނިން ޑޮލަރު ޖަމާކުރި 155 ފަރާތެއް ވަނީ ހިމަނާފައެވެ. މި ލިސްޓާއި ގުޅިގެން އެފަރާތްތަކަށް ބޮޑެތި ފާޑު ކިއުންތަކެއް ވަނީ އަމާޒުވެފައެވެ.

އޭސީސީން ނެރުނު ރިޕޯޓާއި ގުޅިގެން ދެކެވެމުންދާ ވާހަކަ ތަކާއި ގުޅިގެން އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސް.އޯ.އެފް އާއި ޑޮލަރުގެ މުއާމަލާތް ހިންގާފައިވާ ހުރިހާ ފަރާތްތަކަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ އަމަލުގައި ބައިވެރިވެފައިވާ ފަރާތްތަކެއް ކަމަށް އެ ކޮމިޝަނުން ތަޙުޤީޤު ރިޕޯޓްގައި ފާހަގަކޮށްފައި ނުވާނެ ކަމަށެވެ.

ރަށްތަކާއި ފަޅުތައް ކުއްޔަށްދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރުމަށްފަހު ވަނީ އެކި ފަރާތްތަކުގެ އެކައުންޓަށް ޖަމާކޮށްފައެވެ. އޭސީސީން ބުނީ އެމައްސަލަތައް ވަކިވަކިން ކަމާއި ބެހޭ ފަރާތްތަކުން ބަލާނެކަމަށާއި އެ މުއާމަލާތް ހިންގި ހުރިހާ ފަރާތްތަަކަކީ މި ހިޔާނާތުގައި ބައިވެރިވި މީހުން ކަމަށް ބުނެފައި ނުވާނެކަމަށެވެ.

އޭސީސީ ރިޕޯޓުގައި ހިމެނިފައިވާ ބައެއް ކުންފުނިތަކުން ވަނީ އެސްއޯއެފް އާއި ދެމެދު ހިންގާފައިވަނީ ޑޮލަރު އެކްސްޗޭންޖު މުއާމަލާތްތަކެއް ކަމަށް ބުނެ އޭސީސީއަށް ބަޔާންދީފައެވެ. އަދި އެކުންފުނިތަކުން ވަކިން ވަނީ ބަޔާން ނެރެފައެވެ.

އެސްއޯއެފްއިން ފައިސާ ޖަމާކުރި އެކައުންޓްތަކުގެ ތެރޭގައި ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ރާއްޖެޓީވީގެ ވެރިޔާ އަކުރަމް ކަމާލުއްދީން ހިމެނެއެވެ. މި މައްސަލަ އާއި ގުޅިގެން މި ދެބޭފުޅުން ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގޭގައި މަޑުކުރުމަށް އަންގަވާފައެވެ.