Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ގުންޖަން ސަކްސޭނާގެ ބަޔޯޕިކްގައި ޝަނާޔާ

ޝަނާޔާ ކަޕޫރު

ސަންޖޭ ކަޕޫރު އަދި މަހީޕް ކަޕޫރުގެ ދަރިފުޅު އުމުރުން 19 އަހަރުގެ ޝަނާޔާ ކަޕޫރު އެންމެ ފުރަތަމަ ބޮލީވުޑަށް ތައާރަފް ވެގެން ދިޔައީ ދާދި ފަހުން އެސިސްޓެންޓް ޑައިރެކްޓަރެއްގެ މަގާމުން ނަމަވެސް މިހާރު އޭނާ ދަނީ އިންޑިއަން އެއަރފޯސްގެ ޕައިލޮޓް ގުންޖަން ސަކްސޭނާގެ ބަޔޯޕިކްގައި މަސައްކަތް ކުރަމުންނެވެ.

އެ ފިލްމުގެ ޓީމާއިއެކު ޝަނާޔާ މިހާރު ދަނީ ލަކްނޯގައި ޝޫޓިންގގައި ހަރަކާތްތެރިވަމުން ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ ޑެއިލީ މިރާއިން ރިޕޯޓްކޮށްފައިވެއެވެ.

އެ ފިލްމުގައި ޝަނާޔާއާއެކު އޭނާގެ ދެބޭންގެ ދެދަރި ދައްތައެއް ކަމަށްވާ ޖާންވީ ކަޕޫރުވެސް މަސައްކަތް ކުރެއެވެ. ގުންޖަން ސަކްސޭނާގެ ބަޔޯޕިކް ޑައިރެކްޓް ކުރަނީ ޝަރަން ޝަރުމާއެވެ. އަދި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އޭނާއާއެކު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އަޔާން މުކަރްޖީއެވެ.