Last Updated: July 22, 14:09
Wednesday, July 22, 2026
ޚަބަރު

ޓަޔަރަކަށް ވައިޖަހަން އުޅެނިކޮށް ދެމީހަކަށް އަނިޔާ ވެއްޖެ

ތިލަފުށީގައި ބޭނުންކުރި އުޅަނދަކަށް ވައިޖަހަން އުޅެނިކޮށް، އުޅަނދުގެ ޓަޔަރެއް ފަޅައިގެން ގޮސް ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މިއަދު ހެނދުނު 10:00 ހާއިރު ހިނގި މިހާދިސާ ގައި ޓަޔަރު ފަޅައިގެން ދިއުމުގެ ސަބަބުން ދެމީހަކަށް އަނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އަނިޔާވެފައިވަނީ ދިވެއްސަކަށާއި ބިދޭސީ އަކަށެވެ.

އައިޖީއެމްއެޗުން ބުނީ އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އުމުރުން 20 އަހަރުގެ ބިދޭސީ އަކާއި 44 އަހަރުގެ ދިވެއްސެއް ކަމަށާއި އެދެމީހުންނަށް މާބޮޑު އަނިޔާއެއް ވެފައި ނުވާކަމަށެވެ.