Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އަކްޝޭގެ ފިލްމް"ކޭސަރީ"ގެ ޓްރެއިލާ މާދަަމާ ނެރެނީ

އަކްޝޭ ކުމާރުގެ ފިލްމް"ކޭސަރީ"ގެ ޓްރެއިލާ މާދަމާ ނެރޭގޮތަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން ރަޖްނީ ކާންތުއާއެކު ފިލްމް"2.0" އިން ފެނިގެންދިޔަ އަކްޝޭ ވަނީ މިހާތަނަށް މި ފިލްމުގެ 3 ޓީޒަރ އެއް ސޯޝަލް މީޑިއާއާއި ހިއްސާކޮށްފައެެވެ.

އަކްޝޭ ކުމާރު ވަނީ މާދަމާ މި ފިލްމުގެ ޓްރެއިލާ ނެރޭނެ ކަމަށް އޭނާގެ އިންސްޓަގްރާމްގައި ބުނެފައެވެ. ފިލްމް "ކޭސަަރީ" އަކީ ސަރަންގީގެ ކުރިމަތިލުމުގައި 21 ސިކުންގެ ސިފައިންގެ މީހުން 10،000 އަފްޣާނިސްތާނުގެ ސިފައިންނާއި ކުރެވުނު ހަނގުރާމައިގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. މި ފިލްމުގެ ޓީޒަރތައް ވަނީ މިހާތަނަށް ވެސް ގިނަބަޔަކު މި ފިލްމަށް ހިތް ޖައްސުވާފައެވެ.

މި ފިލްމުގައި އަކްޝޭއާއެކު ފެނިގެންދާ އަންހެން ތަރިއަކީ ޕަރިނީތީ ޗޯޕުޅާއެވެ. މި ފިލްމު ސްކްރީންތަކަށް އަންނާނީ އަންނަ މާޗްމަހުގެ 21 ވަނަ ދުވަހުއެވެ.