Last Updated: April 24, 18:07
Wednesday, April 24, 2024
މުނިފޫހިފިލުވުން

ސަލްމާން އޭނާގެ ފިލްމް "ނޯޓްބުކް"އަށް އާތިފް ކިޔާފައިވާ ލަވަ ފިލްމުން ބޭރުކޮށްލައިފި

އެކްޓަރު ސަލްމާން ޚާން އަދި ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އާތިފް އަސްލަމް

ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ،ސަލްމާން ޚާންގެ ކުރިޔަށް އޮތް ފިލްމް"ނޯޓްބުކް" އަށް ކިޔާދީފައިވާ ލަވަ އެ ފިލްމުން ބޭރުކޮށްލައިފިއެވެ.

ސަލްމާން އެ ލަވަ ބޭރުކޮށްލާފައިމިވަނީ ޖައްމު ކަޝްމީރުގެ ޕުލްވާމާ ޑިސްޓްރިކްޓަށް ދެވުނު ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެ ހަމަލާގެ ޒިންމާ އިންޑިއާއިން އަޅުވާފައިވާ ޕާކިސްތާނުގެ ލަވަކިޔުންތެރިއަކު ކިޔާފައިވާ ލަވައެއް ފިލްމުގައި ހިމެނުމާއިމެދު ސަޕޯޓަރުން ދެކޮޅު ހަދަމުންދާތީއެވެ.

ސަޕޯޓަރުން ވަނީ ފިލްމް" ބާރަތު" އަށް ވެސް ޕާކިސްތާނުގެ ލަވަކިޔުންތެރިން ކިޔާފައިވާ ލަވަތައް ބޭރުކޮށްލުމަށް ގޮވާލާފައެވެ.

ޕުލްވާމާއަށް ދެވުނު ހަމަލާއާއި ގުޅިގެން އަނެއްކާ ވެސް ދެ ގައުމުގެ ދޭތެރޭގެ ގުޅުން ވަނީ އިންތިހާއަށް ގޯސްވެފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ ޕާކިސްތާނުން އެފަދަ ކަމެއް ނުކުރާ ކަމަށާއި އެހެން ނަމަވެސް އިންޑިއާއިން އެހެން ކިޔާފަ ޕާކިސްތާނަށް ހަމަލާއެއް ދީފިނަމަ ބަލަން ނުތިބޭނެ ކަމަށް ބުނެފައެވެ.