Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އިންޑިއާގެ ޖަލެއްގައި ޕާކިސްތާނުގެ ގައިދީއަކު ގަލުން ތަޅައި މަރާލައިފި

އިންޑިއާގެ ރާޖަސްތާނުގެ ޖޭޕޫރު ސެންޓްރަލް ޖަލުގައި ހުރި ޕާކިސްތާނުގެ ގައިދީއަކު، އެ ޖަލުގައި ތިބި އިންޑިއާގެ ގައިދީންތަކެއް އެކުވެގެން ގަލުން ތަޅައި މަރާލައިފިއެވެ.

ޕޮލިހުން ބުނެފައިވަނީ ޝަކީރުﷲ ނަމަކަށް ކިޔާ މި މީހާ ތަޅައި މަރާލާފައިވާކަމަށެވެ.

އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ވަނީ ކަޝްމީރުގައި އިންޑިއާގެ 40 ސިފައިންގެ މީހުން މަރާލި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ވަރަށް ބޮޑަށް ގޯސްވެފައެވެ. އެ ހަމަލާ ދީފައި ވަނީ ޕާކިސްތާނަށް ނިސްބަތްވާ ޖަމާއަތެއް ކަމަށްވާ ޖައިޝީ މުހައްމަދުންނެވެ. އެކަމުގެ ޒިންމާ އިންޑިއާއިން ޕާކިސްތާނު ބޮލުގައި އަޅުވާފައިވާ އިރު އިންޑިއާގެ ބޮލީވުޑް އިންޑަސްޓްރީ އިން ވެސް ދަނީ ޕާކިސްތާނުގެ ލަވަކިޔުންތެރިންނާއި އެކްޓަރުން ބޮލީވުޑް ފިލްމުތަކުގައި މަސައްކަތް ކުރުން ހުއްޓުވުމަށް ގޮވާލާފައެވެ.

ޕާކިސްތާނުން ވަނީ މިކަމާއި މުޅިން ދެކޮޅު ހަދާފައެވެ. އަދި އެމީހުން އެފަދަ ކަމެއްގެ ފަހަތުގައި ނެތް ކަމަށާއި އެހެން ނަމަވެސް ހަމަލާއެއް އިންޑިއާއިން ޕާކިސްތާނަށް ދީފި ހާލަތެއްގައި ބަލަން ނުތިބޭނެ ކަމަށް ވެސް ޕާކިސްތާނުން ވަނީ ބުނެފައެވެ.