Last Updated: June 10, 11:16
Wednesday, June 10, 2026
މުނިފޫހިފިލުވުން

"އޮއްކަޅޫ" ގައި އަރުޖުން އާއި ސޮނާކްޝީ

ތަމަޅަ ފިލްމް "އޮއްކަޅޫ" ގެ ހިންދީ ރިމެކިން އަށް ޒުވާން ދެ ތަރިން ކަމަށްވާ އަރުޖުން ކަޕޫރާއި ސޮނާކްޝީ ސިންހާ ސޮއިކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަދި ވަކި ނަމެއް ހަމަޖައްސާފައި ނުވާ މި ފިލްމްގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
"އޮއްކަޅޫ" އަކީ މަހޭޝް ބާބޫ އާއި ބޫމިކާ ޗާވްލާ ލީޑް ރޯލް ކުޅެ 2003 ވަނަ އަހަރު ގުނަސޭކަރު ލިޔެ ޑައިރެކްޓްކޮށް ރިލީޒު ކުރި ތެލެގޫ ފިލްމެކެވެ.

އެ ފިލްމްގެ ރިމެކިންއެއް ހެދުމަށް ފިލްމްގެ ރައިޓްސް ގަނެފައި ވަނީ އަރުޖުންގެ ބައްޕަ އަދި ބަތަލާ ސްރީ ދޭވީގެ ފިރިމީހާ ޕްރޮޑިއުސަރު ބޮނީ ކަޕޫރެވެ. އެހެން ނަމަވެސް ފިލްމްގެ ޑައިރެކްޓަރަކީ ކާކު ކަމެއް އަދ ނޭނގެ އެވެ.

"އިޝަގްޒާދޭ" އިން ބޮލީވުޑަށް ތައާރަފްވި އަރުޖުންގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ހިމެނެނީ "ގުންޑޭ" އާއި "2 ސްޓޭޓްސް" އެވެ.

"ދަބަންގް" އިން ބޮލީވުޑަށް ތައާރަފްވި ސޮނާކްޝީގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ލުޓޭރާ"، "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ އެގެއިން"، "ރާމްބޯ ރާޖް ކުމާރް"، "ބުލެޓް ރާޖާ" އަދި "ޕިސްތޯލް" ހިމެނެ އެވެ.

"އޮއްކަޅޫ" ގެ ރިމެކިންއަކީ އަރުޖުން އާއި ސޮނާކްޝީ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.