Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

އިބޫގެ ސަރުކާރު ލަސްތަކެއް ނުވެ ވެއްޓޭނެ: ނިހާނު

އަހުމަދު ނިހާން ހުސައިން މަނިކު. ފޮޓޯ: ރާއްޖެ.އެމްވީ

ގާނޫނުގެ ބޭރުން ވެރިކަން ކުރާނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ލަސްތަކެއް ނުވެ ވެއްޓޭނެކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ހައްޔަރު ކުރުމާއި ގުޅިގެން އެމަނިކުފާން ދޫކޮށްލުމަށް ގޮވާލައި މިރޭ ކާނިވާ ސަރަހައްދުގައި ބާއްވާ އެއްވުމުގެ ބައިވެރިންގެ ފޮޓޯ އަކާއި އެކު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރަކީ ފިނޑި ސަރުކާރެއް ކަމަށާއި، ގާނޫނުގެ ބޭރުން އޮޕަރޭޓު ކުރާނަމަ ލަސްތަކެއް ނުވެ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެއްޓޭނެކަމަށެވެ.

އިއްޔެ ހަވީރު ކްރިމިނަލް ކޯޓުން ރައީސް ޔާމީން ހައްޔަރު ކުރުމަށް ކުރި އަމުރާއި ގުޅިގެން މާފުށީ ޖަލުގައި ބަންދުކޮށްފައިވާ އިރު މިއަދު ހަވީރު ޔާމީން ވަނީ އައިޖީއެމްއެޗަށް ގެނެސް 24 ގަޑިއިރަށް އެޑްމިޓްކޮށްފައެވެ.

ޔާމީން މިއަދު ހަވީރު އައިޖީއެމްއެޗަށް ގެންނެވި ވަގުތު އެމަނިކުފާންގެ ސަޕޯޓަރުން އައިޖީއެމްއެޗްގެ ތެރެއަށް ވަނުމާއި ގުޅިގެން އެމީހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ.

ނިހާން ވިދާޅުވީ ޔާމީން ހައްޔަރުކޮށް ހިންގާ އަމަލަކީ ކުރިއަށް އޮތް މަޖްލިސް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލެއް ކަމަށެވެ.